ޖޭޕީގެ ނައިބު ލީޑަރު ކަމަށް އަބްދުﷲ ރިޔާޒު އިންތިޚާބު ކޮށްފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ އިންތިހާބުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވިގޮތުގައި ނައިބު ލީޑަރު ކަމަށް ރިޔާޒު އިންތިޚާބުކޮށްފައި ވަނީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓެއްގައެވެ. އެހެން ބޭފުޅަކާ ވާދަކޮށް ރިޔާޒު ކާމިޔާބު ކުރެއްވީ ފުރިހަމަ އަޣުލަބިއްޔަތަކާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ ހަރުދަނާ ކުރަން ކުރާ މަސައްކަތުގައި ޕާޓީގެ ހުސްވެފައިވާ މަގާމްތަކަށް އިއުލާންކޮށް އެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ