ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛާ އައިޝާ ޝުޖޫން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު އައްޔަން ކުރައްވައިފި އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުޖޫން ސްޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވިއިރު މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ދެކަނބަލުންނަށް ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަހުމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.
ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އެެދެ ކަނބަލުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި މިވަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެ ދެކަނބަލުން މަގާމަށް އައްޔަން ކުރުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ކނަބަލުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ވެސް ދެއްވާފައެވެ.
ޝުޖޫނާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ