އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިސްރަށް ވަޑައިގެންފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އުއްތަމަ ފަނޑިޔާރު މިސްރަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލްގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް ވަނީ މިސްރަށް ވަޑައިގެންފަ އެވެ.
އުއްތަމަ ފަނޑިޔާރު މިސްރަށް ވަޑައިގެންފައި މިވަނީ އެމަނިކުފާނު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ