ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެންމެ އިސްކަންދޭ ނަންތައް ފާހަގަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފިއެވެ.
އެގޮތަށް ނިންމާފައިވަނީސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އެކަމަށް ކުރިމަތިލީ ފަރާތްތާކާއި ރައީސް ސޯލިހު ފޮނުއްވާފައިވާ މަހާޒް އަލީ ޒާހިރާ އިންޓިވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް މިއަދު ޖޭއެސްސީން ވަނީ ރައީސް ސޯލިހަށް ލަފާ އެރުވުމަށް ނިންމައިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އެންމެ އިސްކަންދޭ ދެ ނަމުގެ ތެރޭގައި ހިމެނެނީ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދާއި މަހާޒް އަލީ ޒާހިރުގެ ނަމެވެ. އެންމެ އިސްކަންދޭ ދެ ބޭފުޅުންގެ އިތުރުން އިސްކަންދޭ ތިން ބޭފުޅުންގެ ނަމެއް ވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒާއި އަލީ ސަމީރު އަދި ޝުއައިބު ހުސައިން ޒަކަރިއްޔާގެ ނަމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ދިޔާނާ އާއި މަހާޒްގެ ނަން ފޮނުވަން ރައީސަށް ލަފާ އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ