ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ހުރި ކަންބޮޑުވުންތައް ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދަށާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު އިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ބައްދަލުވެވޭ ވަރުވީ ރަޖިސްޓްރާ އަށް ކަމަށެވެ. އަދި އެބޭފުޅުންގެ ކަންބޮޑުވުންތައް ރަޖިސްޓްރާއަށް ހުށަހެޅުމުން ގާޒީ އަށް އެކަންކަން ދަންނަވާނެ ކަމަށް ވިދާޅުވިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެމައްސަލަައިގައި ޖޭއެސްސީގެ މެމްބަރެއް ކަމުގައިވާ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށް ވެސް އިދިކޮޅު ކޯލިޝަންގެ ޝަކުވާތައް އެރުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެކަން ޖޭއެސްސީގެ ސަމާލުކަމަށް ގެނެސްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި.
"އަޅުގަނޑުމެންގެ އެއް ޝަކުވާއަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި އަލީ ރަޝީދު އިން އިނުން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަލީ ރަޝީދަށް އެތާންގައި އިނދެވޭނެ ކަމަކަށް. އަޅުގަނޑުމެން އެންމެ ފަހުގަތުގަވެސް ޖޭއެސްސީއަށް ގޮވާލަން އިލްތިމާސްކުރަން އަލީ ރަޝީދު މާދަމާ މިޝަރީއަތް ފެށުމުގެ ކުރިން އެބެންޗުން ނަންގަވައިދެއްވާށޭ. ނަންގަވާފަ އެހެން ބޭފުޅަކު އެ ބެންޗަށް އައްޔަނު ކޮށްދޭށޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެއްވުމެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އިދިކޮޅުގެ ކަންބޮޑުވުންތައް ގާޒީ އަލީ ރަޝީދާއި ޖޭއެސްސީއާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ