އަބްދުﷲ ސައީދު އަދުލް އިންސާފަށް ހުރަސް އެޅި ކުށުތު ހުކުމް ތަންފީޒު ކުރަން ފަށައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަ އަދުލް އިންސާފަށް ހުރަސް އެޅި ކުށުތު ހުކުމް ތަންފީޒު ކުރަން ފަށައިފިއެވެ.
މި ހުކުމަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެ ތިން ބޭފުޅުންނަށް އިިއްވި ހުކުމެކެވެ.
މައުމޫނާއި އަލީ ހަމީދުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، އަބްދުﷲ ސައީދުގެ މައްސަލަ ހައި ކޯޓުން އަދި ނިންމާފައެއް ނުވެއެވެ.
ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއް ވެސް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ