ވަގުތު ފާއިތުވާވަރަކަށް ލިބޭ ފައިސާ މަދުވެ ކަންބޮޑުވާ މީހުން އިތުރަށް ވިސްނައިލާށެވެ!

އަހަރެމެން ގަޑި ބަލަމުއެވެ. ސިކުންތު، މިނިޓް ގަޑިތައް ފާއިތުވަމުންދާކަން އެނގެއެވެ. ދުވަސްތައް ވެސް ފާއިތުވަމުންދާކަން އެނގެއެވެ. ސަމާލުކަން ދެވެނީ ކޮންކަމަކަށްހެއްޔެވެ؟ 
ސުވާލުގެ ޖަވާބަކީ ގިނަބައަކު ސަމާލުކަންދެނީ ފައިސާ އިތުރުކުރަން ކަމަށެވެ. 
ދެވަނަ ސުވާލަކީ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ 
ސުވާލުގެ ޖަވާބަކީ ދުނިޔެވެސް އާޚިރަތްވެސް ގެއްލުމުގެ ބިރު ބޮޑެވެ! 
އެހެނީ ދުނިޔެއަށް ކޮންމެ މީހަކުވެސް ފޮނުއްވެވެނީ ދުނިޔޭގައި ހުރެވޭނެ ވަގުތު ކަނޑައަޅުއްވަވައިފައެވެ. އުފަންވާފަހުން ހިނގާ ކޮންމެ ސިކުންތަކީވެސް މިނިޓަކީވެސް ގަޑިއަކީވެސް ދުވަހަކީވެސް ޢުމުރުން މަދުވެގެންދާ އެއްޗެކެވެ. 
ބޮންގޮއްވާމީހުން ގަޑިސެޓުކުރެއެވެ. ސިކުންތު ހިނގަމުން ގޮސް ގަޑިޖެހުމާއިއެކު ބޮންގޮވައެވެ. 
އަހަރެމެންގެ ޙަޔާތަކީވެސް ހަމަ އެފަދަ އެފަދައެއްޗެކެވެ. ވަގުތު ފާއިތުވަމުންގޮސް ގަޑިޖެހުމާއިއެކު ދުނިޔެ ދޫކުރަންޖެހެއެވެ. ބޮން ގޮވާ އުޞޫލުން ދުނިޔޭގެ ޙަޔާތުގެ ކަންކަންވެގެންދެއެވެ. 
މިވާހަކަކޮޅު ހިއްޞާމިކުރީ ފާއިއތުވާ ކޮންމެ ސިކުންތަކަށްވެސް ފަރުވާތެރިވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞޭހަތްތެރިވުމަށެވެ. ނޫންނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެތެވެ! ވަގުތަށް ސަމާލުކަން ދިނުމަކީ އެވަގުތަކު ތިމާކުރަންޖެހޭ އަޅުކަން ކުރުމަށް އަވަސްވެގަތުމެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތަކަށް އެންމެ ފުރިހަމައަށް ރައްކައުތެރިވުމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ