ރޫޓް ފިހާރައިގެ ފައިސާ ފޭރެން އުޅުނު ފަސް މީހަކަށް ދައުވާކޮށްފި

ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު 5 މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ. 
ޕީޖީ އޮފީހުން ބުނެފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ފައިސާ، ޖަމާއަތް ހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލައިގަ 4 މީހެއްގެ މައްޗަށް ފޭރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަމަށެވެ.
* ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދު
* ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު
* ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދު
* ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރު
މީގެ އިތުރުން މިމައްސަލަގައި ދެން ޝާމިލުވާ ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ވަނީ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ފައިސާތައް ފޭރެން މަސައްކަތްކޮށްފައި ވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް އެތަނުގައި ސެކިއުރިޓީ ބަލަހައްޓަންހުރި ގާޑްވަނީ ނާކާމިޔާބުކޮށްލާފައެވެ. މިމައްސަލައިގަ ޝާމިލުވާ މީހުންނަކީ ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ