މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން 103 ބަނގުރާފުޅި އާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމްއެމްއޭ ކައިރިން 103 ބަނގުރާފުޅިއާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހެއް ކަމަށެވެ. އެމީހުން ބަނގުރާފުޅިތައް ގެންގުޅުނީ އެ މީހުންގެ ލަގެޖުތަކެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ދިވެހިން ކަމެއް ވެސް އަދި ބިދޭސީން ކަން ވެސް ސާފުވެފައި ނުވާއިރު މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ވެސް ފުލުހުންގެ ފަރާތުން ލިބިފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
103 ފުޅި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ