ގއ. ވިލިނގިއްޔަށް މިރޭވެސް ކަރަންޓު ލިބޭނެކަމުގެ ޔަގީންކަމެއް ނެތް

ރޭ ފަތިހު ގއ. ވިލިނގިލިން ކަރަންޓު ކެނޑުނު ފަހުން އަދިވެސް ކަރަންޓު ނުލިބެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވަނީ ކުއްލިގޮތަކަށް ރޭ ފަތިހު ޖަނެރޭޓަރެއްގެ ފޭން ހަބެއް ހަލާކުވުމުން ކަމަށެވެ.
ހަލާކުވީ 800 ކިލޯ ވޮޓުގެ ޖަނެރޭޓަރުގެ ފޭން ހަބު ކަމަށާއި ވިލިނގިލީ އިނޖީނުގޭގައި ހުރި ޖެނަރޭޓަރު މަރާމާތުކުރުމަށްޓަކައި ގދ. ތިނަދޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގެ ފޭން ހަބު އެރަށަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފޭން ހަބް ހަލާކުވުމަކީ އާންމުކޮށް ދިމާވާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅޫވެފައިވެއެވެ.
ވިލިނގިއްޔަށް ކަރަންޓު ދިނުމަށް ބޭނުންކުރަނީ 550 ކިލޯ ވޮޓާއި 800 ކިލޯ ވޮޓު އަދި 880 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ