އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

މި އަހަރު އިއްތިހާދު އެއަރވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމާފައިވާ ކަމަށް އެ އެއަރލައިނުން ހާމަކޮށްފި އެވެ.
އިއްތިހާދުން ބުނީ އަބޫ ދާބީ އާއި މާލެއާ ދެމެދު އިތުރު ޝެޑިއުލް ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާނެ ކަމަށެވެ. މި ހަތަރު ފްލައިޓާއި އެކު އިއްތިހާދުގެ 11 ޝެޑިއުލް ދަތުރު ޖުލައި 1، 2017 އިން ފެށިގެން ސެޕްޓެމްބަރ 17، 2017ގެ  ބާއްވާނެ ކަމަށް އިއްތިހާދުން ވަނީ ބުނެފައެވެ.
އިއްތިހާދުން، އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުންދާތާ ފަސް އަހަރު ވެފައިވާއިރު، މިގޮތަށް ދަތުރުތައް ބާއްވަން ނިންމީ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށް ކަމަށެވެ. ސަމާރ ސީޒަނުގައި އޭ320 މަރުކާގެ އިތުރު ދެ އެއަރ ކްރާފްޓް ދަތުރުތަކުގައި ބޭނުންކުރާނެ ކަމަށާއި އެއީ ސޯޅަ ގޮނޑީގެ ބިޒްނަސް ކްލާސް އަދި އިކޮނޮމީގެ 120 ގޮނޑި ހިމެނޭ ފްލައިޓްތަކެވެ.
އިތުރުކުރި ހަތަރު ފްލައިޓުން އިސްކަންދޭނީ އަބޫ ދާބީގެ ލޯކަލް ފަސިޖަރުންނަށް ކަމަށާއި މިފްލައިޓްތައް އޮންނާނީ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ މި ހަތަރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ކަމަށެވެ.
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ހަތަރު ލައްކަ ފަންސާސްހާސް ފަސިޖަރުން، އަބޫ ދާބީ އަދި ޔޫރަޕްގެ ގައުމުތަކުން ދަތުރުކޮށްފައިވާ ކަމަށެވެ.
އިއްތިހާދު އެއަރވޭސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ހިއްސާއެއް އަދާކުރާ އެއަރލައިންއަކަށްވާއިރު، ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ރަސްމީކޮށް ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރ 1، 2011 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ