މަކުނުދޫ ދާއިރާގެ 3 ރަށުގައި ފެނާ ނަރުދަމާއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކޮށްފި

މަކުނުދޫ ދާއިރާގެ 3 ރަށުގައި ފެނާ ނަރުދަމާއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރާޢީ ސާފުކުރައްވައިފި އެވެ.
މަކުނުދޫ ދާއިރާގެ 3 ރަށުގައި ފެނާ ނަރުދަމާއާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ރާޢީގެ ފޭސްބުކުގައި ވިދާޅުވެފައިވަނީ ހދ. ކުމުންދޫ ގެ ފެނާއި ނަރުދަމާ އާއި ބެހޭ ގޮތުން އެންމެ ފަހު ގެ މައުލޫމަތު ސާފު ކުރުމަށް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މިމަހުގެ 17 ވަނަދުވަހު ބަދަލު ކުރެވިފައިވާކަމަށެވެ.
ކުމުންދޫ ގެ ފެނާއި ނަރުދަމާ އާއި ބެހޭ ގޮތުން ރާޢީ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ހދ. މަކުނުދޫ އަދި ހދ. ނޭކުރަންދޫގެ ފެނާއި ނަރުދަމާ އާއި ބެހޭގޮތުން އެންމެ ފަހުގެ މައުލޫމަތު ސާފު ކުރެއްވުމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމްއާއި ބައްދަލުކުރެއްވި އެވެ. އެދެރަށުގެ ފެނާ ނަރުދަމާ އޯޕިޑް ފަންޑުގެ ދަށުން މިއަހަރުތެރޭގައި ފެށިގެންދާނެކަމަށް ދެންނެވިކަމަށް ވިދާޅުވެފައިވެ އެވެ.
މިދެބައްދަލުވުމުގައިވެސް އެމްޑަބްލިއުއެސްސީގެ ޗެޔާމަން، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ ރައީސް ޢަބްދުﷲ މަޢުސޫމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ