ރޯދަމަހު ރަސްމީ ގަޑި އާންމުކޮށްފި

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ ރޯދަ މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، މި މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ އެންގުމުގައިވާ ގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
މިމަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރަން ރައީސް ނިންމަވާފައި ވަނީ މިމަހުގެ 18 ވަަނަ ދުވަހު އެވެ. އޭގެ ކުރިން ވެސް މަސް ދުވަހަށް ސަރުކާރު ބަންދުުކުރި އެވެ.
ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސި ނަމަވެސް ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އޮފީސް ހުޅުވައިގެން ހިދުމަތެއް ދޭން ޖެހިއްޖެނަމަ އެ ހިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
ބަންދު މުއްދަތުގައި ލިބެންޖެހޭ ހިދުމަތްތައް
ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް ބްރޯޑްކާސްޓިންގެ ހިދުމަތް ފޯނާއި އިންޓަނެޓުގެ ހިދުމަތް ބޭންކުތަކުން ދޭ ހިދުމަތް ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް ސިފައިންނާއި ފުލުހުންގެ ހިދުމަތް ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް ޖަލުތަކުގެ ހިދުމަތް ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނިނަގައި އުކައިލުމުގެ ހިދުމަތް މޫސުމާބެހޭ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ