ދައުލަތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި މައްސަލަ ބައްލަވާ ގާޒީ ބޭނުންވާ ހުކުމެއް އިއްވުމަށް އެދިވަޑައިގެންފިއެވެ.
މާފުށީ ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ ކުރި ޓްވީޓާއި ގުޅިގެން މަހުލޫފަށް ކުރާ އެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި މަހުލޫފުވަނީ ވަކީލު ނާޒިމް ސައްތާރު ސަސްޕެންޑުކޮށްފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނާޒިމު ސަސްޕެންޑުކޮށްފައިވަނީ ކުރި ޓްވީޓަކާއި ގުޅިގެން ކަމަށްވާ އިރު އެ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއްކަން ކަށަވަރުކޮށްފައި ނުވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފުވަނީ ނާޒިމްގެ ސަސްޕެންޝަން އުވާ ނުލާ ނަމަ އިތުރު ވަކީލަކު ބޭނުން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނެތް ކަމަށް ވިދާޅުވެ މަހުލޫފުވަނީ ގާޒީ ބޭނުންވާ ގޮތަށް ހުކުމް އިއްވުމަށް އެދިފައެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހުކުމް އިއްވާނީ ހެއްކާ ގަރީނާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި ގާޒީ ބޭނުންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ.
މަހުލޫފުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އިއްވާނެއެވެ.
މަހުލޫފުގެ މައްޗަށް ދަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ބެހޭ ގޮތުން ކުރި ޓްވީޓަކާއި ގުޅިގެންނާއި މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލާގައި ވެސް ދައުވާ ކުރަމުންނެވެ.
ދައްކާނެ ވާހަކައެއް ނެތް، ގާޒީ ބޭނުންވާ ގޮތަށް ހުކުމް އިއްވާ: މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ