ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަދިވެސް ރަނގަޅު ނުވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދީފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވެސް ވަނީ ގއ.އަތޮޅާއި އައްޑު އާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:45 އިން ފެށިގެން 13:45 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ވިދާޅުވީ މެދުތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް ވެސް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށެވ.
އިރުއުތުރާއި އިރުން ނ.އަތޮޅާއި ލ.އަތޮޅާދެމެދުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 35 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ކަނޑުތައް ނ.އަތޮޅާއި ލ.އަތޮޅާދެމެދުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ވީމާ ނ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް ވެސް އެއިދާރާ އިން ވިދާޅުވިއެވެ.
ދެކުނަށް އަދިވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ