ޖަނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަލިފުށިން ކަރަންޓު ކެނޑިއްޖެ

ޖަނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރ. އަލިފުށިން ކަރަންޓު ކެނޑިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފު އަބްދުއްރަހްމާން ވިދާޅުވީ ޖަނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައި ވަނީ މިއަދު 8:00 އެހާކަންހާއިރު ކަމަށާއި ދެން ކަރަންޓު ލިބޭނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށް އިންޖީނުގެއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
"މިއަދު ހެނދުނު 8:00 އެހާކަންހާއިރު މިރަށުން ކަރަންޓު ކެނޑުނީ. އިންޖީނުގެއިން މައުލޫމާތު ދީފައި ވަނީ ދެން ކަރަންޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެނެރޭޓަރުތަކުގައި މައްސަލަ ޖެހިފައި ވަނީ އޯވަހޯލް ނުކުރާތާ ގިނަ އަހަރުތަކެއް ވެފައި ވާތީ ކަމަށާއި އިންޖީނުގޭގެ އެދުމަކަށް ޖަނެރޭޓަރުތައް އޯވަހޯލް ކުރުމަށް ބޭނުންވާ ތަކެތި މީގެ ދެ އަހަރު ކުރިން ކައުސިލުން ހޯދައިދީފައިވާ ކަމަށެވެ.
"ފަސް އަހަރު މިވަނީ ޖަނެރޭޓަރުތައް އޯވަހޯލް ނުކުރާތާ. ޖަނެރޭޓަރުތައް އޯވަހޯލް ކުރުމަށް ބޭނުންވާ ތަކެތި މީގެ ދެ އަހަރު ކުރިން ކައުންސިލުން ވަނީ އިންޖީނުގެއާ ހަވާލުކޮށްފައި. ނަމަވެސް އެކަން މިހާތަނަށް ވެސް ކޮށްފައި ނުވޭ،" ލަތީފް ވިދާޅުވި އެވެ.
އަލިފުށީ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަންގެ ދަށުންނެވެ. ނަމަވެސް އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ