ފައިސަލް އަށް ކުރެއްވި ތާއީދު ގާސިމް އަނބުރާ ގެންދަވައިފި

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓެއް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދިން ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ކުރެއްވި ތާއީދު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އަނބުރާ ގެންދަވައިފި އެވެ.
ގާސިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލަށް ކުރި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ފެންނަ ގޮތަކަށް ވޯޓްލުމަށް އެދޭ ކަމަށެވެ.
JP ge council membarunah vedhun. Runningmate kamah MP Faisal Naseemah alhugandu kuri thaeedhu anburaa genesfeemeve. Veemaa kurimathi lavvaafaivaa beyfulhunge terein JPge council membarunnah fenivadaigannavaa gothah rayyithunge vindhaa ehgothah vote levvumah alhugandu edhemeve.— Qasim Ibrahim (@qasimibrahim) July 13, 2018
ގާސިމް ކުރެއްވި ޓްވީޓް--"ވީމާ ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓް ލެއްވުމަށް އަޅުގަނޑު އެދެން،" ކުރިން ފައިސަލް އަށް ތާއީދު ކުރެއްވިކަން ކައުންސިލް މެމްބަރުންނަށް އެންގެވި ގާސިމް މިއަދު ވިދާޅުވި އެވެ.
ރަނިން މޭޓް ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން، އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނސްޓަރު އަބްދުﷲ އަމީނެވެ.
Running mate kamah vaadha kuravvaanee 4 beyfulhun
Mihaaru
ރަނިން މޭޓް ކަމަށް ކުރިމަތިލި ހަތަރު ބޭފުޅުން--އޭގެ ތެރެއިން އެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކެންދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް އެވެ.
ރަނިން މޭޓް ކަނޑައަޅާނީ މިރޭ އޮންނަ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. ވޯޓްލާން ނިންމާފައިވަނީ މި ރޭ 9 ޖަހާއިރެވެ.
އެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އެކަންޏެވެ. އެ ކައުންސިލްގައި 50 އަށް ވުރެ ގިނަ މެމްބަރުން ތިއްބަވާއިރު ބައެއް ބޭފުޅުން ރާއްޖެ އިން ބޭރުގައި އުޅުއްވުމާއެކު އާންމުކޮށް ޖަލްސާތަކުގައި ބައިވެރިވަނީ 43 މެމްބަރުންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫ މިހާރު އުޅުއްވަނީ އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ކެމްޕެއިން ދަތުރެއްގަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ކޮންމެ ބޭފުޅަކު ކަނޑައެޅި ނަމަވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން ވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ