ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ވުމަށް ހުށަހަޅައިފި ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އަދާލަތު ޕާޓީން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމަތު ދެއްވަމުން ޝަހީމް މިއަދު ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މިހާތަނަށް އޭނާ އަށް ހުށަހަޅުއްވާފައި ނުވާ ކަމަށާއި އެފަދަ ވާހަކައެއް ވެސް ދެކެވިފައިނުވާ ކަމަށެވެ. ނަމަވެސް ގާސިމް އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފި ނަމަ އެކަމާ މެދު ޕާޓީން ގޮތެއް ނިންމަވާނެ ކަމަށާއި އެއީ ފަރުދީގޮތުން އެމަނިކުފާނު އަމިއްލަފުޅަށް ނިންމަވާނެ ނިންމުމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފި ނަމަ އަދާލަތު ޕާޓީން އެކަމެއް ނިންމާނީ. މިހާތަނަށް ނެތް އެފަދަ ހުށަހެޅުމެއް ހުށަހެޅިފައެއް،" ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ ހުރިހާ ޕާޓީތަކާ އެކު ވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ރައީސް ވަހީދުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވެފައި ވަނީ ކޯލިޝަންގެ ތެރޭގައި ގޮތްނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.
ގާސިމް ރަނިންމޭޓުކަން ހުށަހަޅައިފި ނަމަ ގޮތެއް ނިންމާނީ ޕާޓީން: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ