ފޭސްބުކްގައި 400 މިލިއަން މީހުން ރަޖިސްޓާރ ކޮށްފައިވޭ!

އާދައިގެ ސޯޝިއަލް ވެބްސައިޓެއްގެ ގޮތުގައިފެށި ފޭސްބުކް މަޝްހޫރުވެގެން ގޮސް 400 މިލިއަން މީހުން އެސައިޓުގައި ރަޖިސްޓާރ ކޮށްފައިވާކަމަށް ފޭސްބުކްއިން ހާމަކޮށްފިއެވެ.ފޭސްބުކްއިން ވަނީ ސޯޝަލް ނެޓްވޯކްގައި ވަރަށް ވަރުގަދައަށް ވަކި ހިއްޕާލާފައެވެ. މައިސްޕޭސް ފަދަ މަގްބޫލު ސޯޝަލް ނެޓްވޯކް ވެބްސައިޓްތައް ފަހަތަށް ޖައްސާލުމަށްފަހު އިންޓަނެޓް ބޭނުންކުރާ މީހުންގެ ސަމާލުކަން ހޯދުމުގައި ފޭސްބުކްއިންވަނީ ތަފާތު މަސައްކަތެއް ކޮށްފައެވެ. އޭގެ ތެރޭގައި ހުރިހާ އުމުރަކާއި ހުރިހާ ހިޔާލެއްގެ މީހުން ޝައުގުވެރިކުރުވަނިވި ‘އުކުޅު’ތައް ވަނީ ސައިޓްގައި ބޭނުންކޮށްފައެވެ.ފޭސްބުކްގެ އެންމެ ފަހުގެ ހިސާބުކިތާބު ތަކަށް ބަލާއިރު ފޭސްބުކްއަށް މިހާތަނަށް 400 މިލިއަން މީހުން ރަޖިސްޓާރ ވެފައިވާއިރު އޭގެތެރެއިން 50 އިންސައްތައަކީ ކޮންމެ ދުވަހަކު ސައިޓަށް ޒިޔާރަތްކުރާ މީހުންނެވެ. އަދި 35 މިލިއަން މީހުން އެމީހުންގެ ‘ސްޓޭޓަސް’ އަޕްޑޭޓްކުރެއެވެ. ފޭސްބުކް ބޭނުން ކުރާ މީހުން ދުވާލަކު 3 ބިލިއަން ފޮޓޯ ސައިޓަށް އަޕްލޯޑްކުރެއެވެ. މިހާތަނަށް ފޭސްބުކްގައި 1.5 އެކްޓިވް ޕޭޖް ހަދާފައިވެއެވެ. އަދި 20 މިލިއަން މީހުން ކޮންމެ ދުވަހަކުވެސް ފޭނުންގެ ގޮތުގައި ‘ކޮންފޯރމް’ ކުރެއެވެ.ރާއްޖޭގެ  ފޭސްބުކްއަށް ‘ދެވިހިފާފައި’ މީހުން ބައިވަރު އުޅޭކަން ގަބޫލުކުރެވެއެވެ. އެގޮތުން ރެއެއް ދުވާލެއް ނެތި ފޭސްބުކްގައި ‘ނަގިލި އަޅައިގެން’ ތިބޭ ޒުވާނުންނާއި ހަރުކުލައިގެ ދެޖިންސުގެ މީހުން ބައިވަރެވެ. ފޭސްބުކްއަށް ވަނުން ބައެއް ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ‘މަނާ’ ކޮށްފައިވެއެވެ. އަތުންފައިން މަސައްކަތެއް ނުކޮށް ބައެއް މީހުން ފޭސްބުކްގައި ދަނޑު ހެއްދުމުގެ މަސައްކަތް ‘ހިޔާލީ ފައިސާ’ގެ ބޭނުމުގައި ކުރަމުންދެއެވެ. ބައެއް މައިންނާއި ބަފައިން އަމިއްލަ ދަރިން ބެލުމުގެ ބަދަލުގައި ފޭސްބުކް ގޭމަކުން ‘މީހުންގެ ދަރިން’ ބެލުމުގެ މަސައްކަތުގައި ވަނީ ‘ބިޒީ’ވެފައެވެ. އަމިއްލަ ގޭގައި ނުކައްކާ ފޭސްބުކްގެ ރެސްޓޯރަންޓް ގޭމްގައި ހިޔާލީ މީހުންނަށް ކާންދިނުމުގައިވަނީ މަޝްއޫލުވެފައެވެ. ގާތްތިމާގެ މީހުންގެ ގުޅުން ބެހެއްޓުމުގެ ބަދަލުގައި ގިނަ މީހުން ނުދަންނަ މީހުންނާއި ގުޅުން ބޭއްވޭތޯ ބަލާ ‘ޗެޓު’ކުރުމުގައި ވަގުތު ދުއްވާލައެވެ.ފޭސްބުކް ފެށިތާ މިމަހު 6 އަހަރުވެފައިވާއިރު ފޭސްބުކްއިން ދަނީ ‘އާ’ އެތަށްކަމެއް ތައާރަފްކުރަމުންނެވެ. އާ އެޕްލިކޭޝަން ތަކާއި އާ ގޭމްތައް ދަނީ ވުޖޫދަށް ގެންނަމުންނެވެ. އެންމެ ފަހުން ގެނައި އެންމެ މުހިންމު ބަދަލަކީ ފޭސްބުކްގެ ތީމްއަށް ގެނެވުނު ބަދަލެވެ. ދިއިސްލާމް.ކޮމް ގެ ފޭސްބުކް ޕްރޮފައިލްއަށް ޒިޔާރަތްކުރައްވާދިއިސްލާމް.ކޮމްގެ ފޭސްބުކް ފޭންޕޭޖް ޒިޔާރަތްކުރައްވާދިއިސްލާމް.ކޮމްގެ ގްރޫޕަށް ޖޮއިންކުރައްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ