މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޓްވިޓާ މެދުވެރިކޮށް ގާސިމް މިއަދު މިގޮތަށް ވިދާޅުވީ، އޭނާގެ އެންމެ ދޮށީ ދަރިފުޅު އިބްރާހިމް ސިޔާދު ގާސިމް މިއަދު މިނިވަން ކުރުމާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސްކަމަށާޢި، އިބްރާހިމް ސިޔާދު ގާސިމް ޖަލުގެ އަނިޔާވެރިކަމުން މިންޖުވެގެން ދިއުމަކީ އެމަނިިކުފާނަށް ލިބުނު ވަރަށް ބޮޑު އުފާފުޅެއްކަމަށެވެ.
އަދި މިއީ ހައްގުގެ މަގަށް އެޅުނު ފިޔަވަޅެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ޖަލުގައި އަނިޔާ ލިބެމުންދާ ހުރިހާ ބޭފުޅުން މިނިވަން ކުރެއްވުން އެދި މާތްﷲ ސުބުޙާނަހޫވަތަޢާލާގެ ޙަސްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ސިޔާދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ. އޭނާ ދޫކޮށްލާފައި ވަނީ ތިން ޝަރުތަކާއެކުއެވެ. އެ ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމާއި، ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.
ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ