ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވެސް ވާދަކުރަން ނިންމައި، އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވްހާރަވުމާ ގުޅިގެންނެވެ. މިމަހުގެ 14 ވަނަ ދުވަހު މެންބަރު ހުސެއިން ވަހީދު އަވަހާރަވީ ކެންސަރު ބަލީގައި ހާލު ސީރިޔަސްވެ، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ނިންމައިފަ އެވެ.
އެ ދާއިރާގެ ގޮނޑިއަށް ވާދަކުރާނެކަން އިއުލާންކޮށް، މިހާތަނަށް ކެނޑިޑޭޓުން ކަނޑައަޅާފައި ވަނީ ތިން ޕާޓީއަކުންނެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން އެންމެ ފަހުން އުފެއްދި އެމްއެންޕީ އެވެ.
އެޓީޑީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޓީޑީން ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ