ހިޔާ ފްލެޓްގެ ކަރަންޓުގެ މަސައްކަތް ނިންމަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ހިޔާ ފްލެޓްތަކަށް ކަރަންޓް ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން ޗައިނާގެ ކުންފުންޏަކަށް މަސައްކަތް ހަވާލު ކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ބްރައުން-ސީއެމްއީސީ ނަމަކަށް ކިޔާ ބަޔަކަށް ކަމަށެވެ. ބްރައުން-ސީއެމްއީސީން މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ ޓެކްނިކްލް އެހީތެރިކަމާއެކު ކަމަށް އެޗްޑީސީން ބުނެއެވެ.
މިއަދު މި މަސައްކަތް ހަވާލުކޮށްފައި ވާ އިރު މި މަސައްކަތް އަންނަ މަހުގެ 17 ގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތުގެ ދަށުން ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދީ ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިހާރު ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތައް އެގްރިމަންޓްގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ދާ އިރު އެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ 15 އާ ހަމައަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެއްބަސްވުމުގައި ސޮއިކޮށް ނިމުމާއެކު އެ ފްލެޓްތަަކުގެ ވެރިންނަށް ފްލެޓްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން ފްލެޓްތައް ދިނުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ