ސެޓެލައިޓް ސްކޫލް ރަސްމީގޮތުން ފަށާފައިވަނީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސެޓެލައިޓް ނިޒާމުގައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި މިކަމަށްޓަކައި ދަރިވަރުންނަށް ބޭނުންވާ އައިޓީ ވަސީލަތްތައް ވަނީ ފޯރުކޮށްދީފައި ކަމަށެވެ.
މި ވަސީލަތްތައް ފޯރުކޮށްދީފައިވަނި އެހެން ސްކޫލްތަކަށްވުރެ ފުރިހަމައަައްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންޓަނެޓްގެ ސްޕީޑް ވަނީ އަވަސްކޮށްދީފައި ކަމަށެވެ.
މިނިސްޓަރ ވަނީ ގޮއިދޫ ސްކޫލާއި ކެޔޮދޫ ސްކޫލް އަދި ފެރިދޫ ސްކޫލުން ހިންގާ އިތުރު ހަރަކާތުގައި ބ. ފެހެންދޫ ވ. ތިނަދޫ އަދި ވ.ރަކީދޫގެ ދަރިވަރުންނަށް ސްކޫލުގެ މާހައުލުން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ކުޅިވަރާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކުގަ ބައިވެރިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އަދި މި މަޝްރޫޢުގެ ސަބަބުން ދެކޭން ބޭނުންވާ މަންޒަރަކީ، މި ކުދީންގެ ކިޔެވުމުގެ ކާމިޔާބީގެ ސަބަބުން، މި ރަށްރަށުން ހިޖުރަކުރި ޢާއިލާތަކާއި އިތުރު ޢާއިލާތައް، ރަށަށް އެނބުރި އަންނަތަން ކަމަށާއި ރަށުގެ އާބާދީ ބޮޑުވެގެން ގޮސް އިތުރު ވަސީލަތްތައް ރަށަށް ލިބޭތަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސެޓެލައިޓް ސްކޫލް ފެށީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެން: އެޑިއުކޭޝަން މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ