ފްލައިންސްކޫލްގެ މައްސަލަ: ސިވިލް ކޯޓުން ވަގުތީ އަމުރެއްނުދިން

އައްޑޫ ސިޓީ ގަމުގައިވާ ފްލައިން ސްކޫލް ކުރިން ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)ގެ ދަރިވަރުން ކިޔެވުން ހުއްޓުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
Advertisement
ޕައިލެޓުން ތަމްރީނުކުރުމަށް ހިންގުނު ކޯހަށް ގިނަ ދަރިވަރުންތަކެއް ބޮޑު އަދަދަކަށް ފީ ދައްކާފައިވާއިރު، އެދަރިވަރުން ވަނީ ކޯސް ދިގުލައިގެން ދިއުމާއި ގުޅިގެން އޭއޭއޭގެ އަތުން ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.އަދި މިމައްސަލައާއި ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށް ހިންގުނު ޕްރޮގްރާމްގައި ބައިވެރިވި 48 ދަރިވަރަކު އޭއޭއޭ އަތުން ބަދަލު ނަގައިދުނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.އެހެންނަމަވެސް ސިވިލް ކޯޓުން ވަނީ އެ މައްސަލައަށް ވަގުތީ އަމުރެއް ނެރެވެން ނެތްކަމަށް ބުނެފައެވެ. ސިވިލް ކޯޓުން ބުނީ މިމައްސަލައާއި ގުޅިގެން އޭއޭއޭގެ މުދަލެއް ހޯދުމަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި އެދިފައިވަނީ އެ ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.މީގެއިތުރުން ސިވިލް ކޯޓުން ބުނީ މި މައްސަލައާއި ގުޅިގެން އެކުންފުނީގެ މުއާމަލާތްތައް ހުއްޓުވައިފިނަމަ އެކުންފުނީގެ ވިޔަފާރިއަށް ހުރަސްއެޅޭނެކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައިވަނީ އެކުންފުނީގެ މިފަދަ މުއާމަލާތްތައް ހުއްޓުވޭނެ ފަދަ ސަބަބެއްގައިއެއް ނޫންކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ