ރައީސް ނަޝީދު ޗައިނާގެ ސަފީރާއި ބައްދަލު ކުރައްވައިފި

އިނގިރޭސި ވިލާތުގައި ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އައު ސަފީރު ވަން ލިޒިން އާއި ބައްދަލު ކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ މާބޮޑު ތަފްސީލްތަކެއް މަޖިލީހުން ހާމަކޮށްފައި ނުވެއެވެ. 
ރައީސް ނަޝީދު ޗައިނާ ސަފީރާ ބައްދަލުކުރައްވާފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެމަނިކުފާނަށް ބޮމުގެ ހަމަލާ ދިނުމުގެ ކުރިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ