ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.
މިރޭ 11 ޖަހަން އުޅެނިކޮށް އެމައްސަލަ ހައިކޯޓަށް ހުށަހެޅީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކޮށް ނާކާމިޔާބުވި މުހައްމަދު ނިހާދުއެވެ.
ނިހާދު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ އިންތުހާބް ބާޠިލް ކުރުމަށް ހައިކޯޓަށް ހުށަހެޅީ، ރިޝްވަތާއި، ނުފޫޒު އިންތުހާބަށް ފޯރުކޮށްފައިވާތީ ކަމަށެވެ.
"މައްސަލަ މިރޭ 11 ޖަހަން އުޅެނިކޮށް ކޯޓަށް ހުށަހެޅީ، މައްސަލަ ބަލައިގަތް ކަމަށް ޗިޓްވެސް ދީފި" ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ އިންތިހާބް ބާޠިލް ކުރުމަށް ހުށަހެޅި ކަންކަަމުގެ ތެރޭގައި ވަގުތީ ނަތީޖާ އިއްލާން ކުރުމުގެ ކުރިން އިލެކްޝަން ކަމިޝަނަށް ހުށަހެޅި ކަރަޕްޝަނާއި، ނުފޒުގެ މައްސަލަ އަށް ޖަވާބެއް ނުދެއްވައި ރަސްމީ ނަތީޖާ އިއްލާން ކުރުން ވެސް ހިމެނޭ ކަަމަށެެވެ.
އަދި ސަރުކާރުން ސީދާ ގޮތުން ނާއި ނުސީދާކޮށް އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ މައްސަލަވެސް ކޯޓަށް ހުށަހެޅުއްވި ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ މައްސަލަ ހައިކޯޓަށް ހުށަހަޅައި ދެ އަޑުއެހުން ބާއްވާފައިވާ އިރު ހިތަދޫ އުތުރު ދާއިރާގެ އިންތިހާބް ބަޠިލް ކުރުމަށް އެދާއިރާގެ ގޮޑި ނާކާމިޔާބްވި ޕީޕީއެމް ކެންޑިޑޭޓް އަލީ އިބްރާހިމް ވަނީ ބުރާސްފަތި ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެމައްސަލައިގެ ފުރަތަމަ އަޑުއެހުން އާދީއްތަ ދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ.
ފޭދޫ ދާއިރާގެ ގޮޑި ކާމިޔާބް ކުރައްވާފައިވަނީ ޕީޕީއެމް ކެންޑިޑޭޓް އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީއަށް 1299 ވޯޓު ލިބިލެއްވި އިރު މުހައްމަދު ނިހާދަށް ލިބިފައިވަނީ 1202 ވޯޓެވެ. މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް 95 ވޯޓު ލިބިލެއްވިއިރު އަމިއްލަ ކެންޑިޑޭޓް އިމާދު ސޯލިހްއަށް ލިބިފައިވަނީ 290 ވޯޓެވެ.
ފޭދޫ ދާއިރާގެ އިންތިހާބް ބާޠިލް ކުރަން ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ