ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ކުރިން ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފު މަޤާމުން ސަސްޕެންޑުކޮށްފިއެވެ.ގާޒީ ބާރީ މިހާރު މަސައްކަތް ކުރައްވަނީ ކުޑަކުދިންގެ ކޯޓުގައެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާޒީ ބާރީ ސަސްޕެންޑުކޮށްފި ކަމަށާއި އަދި ބާރީގެ ސުލޫކީ މައްސަލައެއްވެސް ބަލަމުން އަންނަކަމަށެވެ. މިގޮތުން ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވާގޮތުން ބާރީ ސަސްޕެންޑުކުރަން ނިންމާފައިވަނީ އެމްއެމްޕީއާރުސީ ގެ ފައިސާ އިން މާލީ މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި ބާރީ ހިމެނިވަޑައިގަންނަވާ ކަމަށާއި އަދި ޖިނާއީ ތަހުގީގެއް ހިންގޭވަރަށް މައުލޫމާތު ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކޮމިޝަނަށް އެންގުމާއި ގުޅިގެން ކަމަށެވެ. ގާޒީ ބާރީ އަކީ ކުރީގެ ރައީސް ނަޝީދަށް ކުރެވުނު ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ގާޒީއެވެ. އެ މައްސަލާގައި އޭރު ރައީސް ނަޝީދުގެ ފަރާތުން ވަކާލާތު ކުރެއްވި ހިސާން ހުސެއިން އަދި އިބްރާހިމް ރިއްފަތަކީ މިހާރު ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ މެމްބަރުންނެވެ. އަދި ރައީސް ނަޝީދަކީވެސް ޖޭއެސްސީގެ މެމްބަރެކެވެ.
މިލިޔުން ކިޔާލުމުން
29 %
އުފާވި
0 %
ދެރަވި
71 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޞއްދާ މު
26 އަހަރަށް ޖަލަށް ލާން ޙުކު މް ކުރޭ!
REPLY
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ބާރީ ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ