ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިއިރު، ގާތިލު ލައިގެން ހުރި އަންނައުނު ފުލުހުން ހޯދައިފިއެވެ.
އެ މައްސަލާގައި ރޭގެ ވަގުތެއްގައި މާލެ އިން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށް، މިހާރު މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރޭ ހައްޔަރުކުރި މީހާ، ގާސިމް މަރާލި ކަމަށް އެއްބަސް ވެފައިވާ ކަމަށާއި، އޭނާ އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާ ކަަމަށެވެ.
ހަމީދު ވިދާޅުވީ، އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ، އޭނާ މަރާލި ރޭ، ގާތިލު ލައިގެން ހުރި އަންނައުނު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އެ އަންނައުނުތައް ފޮރުވާފައި ހުރީ، ގާސިމް މަރާލި ސަރަހައްދާއި ކައިރި ހިސާބެއްގައި ކަމަށް ހަމީދު ވިދާޅުވިއެވެ.
ގާސިމްގެ މަރާއި ގުޅޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މި ހަފްތާ ތެރޭގައި ބާއްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ހުޅުމާލެ އަނދިރިމަގެއްގެ މަތީގައެވެ.
ގާސިމްގެ މަރުގެ މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ބޮޑު ކުރިއެރުމެއް ހޯދާފައި މިވަނީ އެމައްސަލައިގެ ތަހްޤީޤު ކުރިއަށްދަނީ މާލަހުން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ގާސިމް މަރާލިއިރު، ގާތިލު ލައިގެން ހުރި އަންނައުނު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ