ކަރަންޓު އުފައްދައިދޭ ހާއްސަ ރަބަރެއް ޖަޕާނުގެ ކުންފުންޏަކުން ހަދައިފި

ޕްރެޝާ އާއި ވައިބްރޭޝަން ބޭނުންކޮށްގެން ހަކަތަ އުފައްދައިދޭ ހާއްސަ ރަބަރެއް ޖަޕާނުގެ އިމޭޖިން އަދި އިލެކްޓްރޯނިކް ކުންފުންޏެއް ކަމަށްވާ "ރައިކޯ" އިން އުފައްދައިފި އެވެ. ރައިކޯ އިން ތައްޔާރުކޮށްފައިވާ ރަބަރަކީ ޕައިޒޯއިލެކްޓްރޯނިކް މެޓީރިއަލް އެކެވެ. ޕައިޒޯއިލެކްޓްރިކް މެޓީރިއަލަކީ މެކޭނިކަލް ސްޓްރެއިންގެ އެހީގައި ކަރަންޓު އުފައްދާ މެޓީރިއަލްތަކެވެ. މިހާރު އާންމުކޮށް އެންމެ ގިނައިން ބޭނުން ކުރާޕައިޒޯއިލެކްޓްރިކް މެޓީރިއަލް އަކީ ސެރަމިކްސް އާއި ޕޮލިމާ އެވެ. އެގޮތުން ޕައިޒޯއިލެކްޓްރޯނިކް ސެރަމިކްސް އަކީ ގިނަ އަދަދަކަށް ކަރަންޓު އުފައްދާ މެޓީރިއަލެކެވެ. ނަމަވެސް އޭގެ ބަރުދަނާއި ބަލިކަށި ކަމާ ގުޅިގެން ކެރަމިކްސްތައް ބޭނުން ކުރެވެނީ ވަރަށް މަދު ހާލަތްތަކުގަ އެވެ. އެއާ ހިލާފު ޕައިޒޯއިލެކްޓްރޯނިކް މެޓީރިއަލަކީ އެ މެޓީރިއަލް ތުނި ކުރާ ވަރަކަށް އޭގެ "ފްލެކްސިބިލިޓީ" ބޮޑު ކުރެވޭ މެޓީރިއަލެކެވެ. ނަމަވެސް އެއިން އުުފެއްދޭނީ ކުޑަ އަދަދެއްގެ ކަރަންޓެވެ. އެހެން ކަމުން ރައިކޯ އިން އުފައްދާފައިވާ "އެނާޖީ ޖެނެރޭޓިން ރަބާ" އަކީ އެ ދެ މެޓީރިއަލްގެ މޮޅު ކޮލިޓީތައް ހިމެނޭ މެޓީރިއަލްއެކެވެ. އެހެން ކަމުން ފްލެކްސިބަލް އެއްޗެހީގައި ވަރުގަދަ ކަރަންޓެއް އުފައްދަން ބޭނުންވާ ނަމަ އެ ރަބަރު ގިނަ އެއްޗެހީގައި ބޭނުން ކުރެވޭނެ އެވެ. އެ ރަބަރު ބޭނުން ކުރާނީ ކޮން ތަންތަނެއްގައި ކަމެއް އަދި ބާޒާރަށް ނެރޭނެ ދުވަހެއް ވެސް ރައިކޯ އިން ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ