ޖޭއެސްސީން ވަކިވެފައިވާ ކަން ގާސިމް ގަބޫލުކުރައްވައިފި

ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން ވަކިވެފައިވާ ކަން ގަބޫލުކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވައިފި އެވެ.މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައި ކެންޑިޑެސީ ގަބޫލުކުރި ކަން ކޮމިޝަނުން އެންގުމާ ގުޅިގެން "އެ ހިސާބުން އެކަން ނިމުނީ" ކަމަށެވެ. އަދި އޭނާގެ ބަދަލުގައި ޖޭއެސްސީ އަށް އެހެން މީހަކު ހަމަޖެއްސުމަށް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ސިޓީ ފޮނުއްވާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ފޯމް ހުށަހެޅުއްވި ހޯމަދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އޭނާގެ ކެންޑިޑެސީއާ މެދު ކޮމިޝަނުން ކަނޑައެޅި ގޮތެއް އެހާތަނަށް އަންގާފައި ނުވާތީ ކަމަށެވެ. ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ހ. ގެ ހަތަރެއްގައި ބުނެފައިވާ
ގޮތުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ
ސިޔާސީ މަގާމަކަށް ކުރިމަތިލުމުން މަގާމު ހުސްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ