ގާސިމް ހައްޔަރުކުރި މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ހައްޔަރު ކުރި ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކޮށް މިއަދު ބޭރުކޮށްލައިފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ މިދިޔަ ބުރާސްފަތިދުވަހު ގާސިމް ހައްޔަރު ކުރީ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ކަނޑަައެޅިގެން ޚިލާފަށް ކަމަށެވެ.
ގާސިމް ހައްޔަރު ކުރި ވަގުތުން ފެށިގެން އޭނާގެ މިނިވަން ކަން ނިގުޅައިގަނެ، މިއަދާ ހަމައަށް ގާސިމް ޖަލުގައި ހައްޔަރު ކުރުމުން މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ހުރަސް އެޅިފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނާއި ހިލާފަށް ކަމަށް ވެސް ރިޔާޒް ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
މެމްބަރުންތަކެއް މަޖިލިހުގެ މޭޒެއްގައި ކައިރީގައި ތިއްބަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކުއްލި މައްސަލަ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ނުކުރި މައްސަލައިގަ އާއި ގާސިމް ފުލުހުންގެ ހައްޔަރުގައި ހުންނެވިއިރު، މަޖިލީހަށް ހާޒިރުނުކޮށް ދިން މައްސަލަ އިދިކޮޅު މެމްބަރުން ވަނީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.
މަޖިލިހުގެ ރައީސް މަސީހު ވިދާޅުވީ ކުއްލި މައްސަލަ ހުށާހެޅުމުގައި މަޖިލިހުގެ ގަވާއިދުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހުންނަ ކަމަށެވެ. އަދި އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ، "ރިޔާސަތުން ކިތަންމެ ބޭނުންވިޔަސް" މަޖިލީހުން ހުއްދަ ނުކުރާ ކަމެއް ނުވާނެ ކަމަށް މަސީހު ވިދާޅުވި އެވެ.
Gasim majileehah haazireh nukuraane: Fuluhun | Mihaaru
Mihaaru
"ޝަރުތު ފުރިހަމަ ނުވާތީ މެމްބަރު ހުށަހެޅުއްވިޔަސް، މަޖިލިހުގެ އެޖެންޑާގައި ހިމެނެން ނެތީމަ، އެ ވާހަކަ މަޖިލީހުން ވަނީ މެމްބަރަށް ދަންނަވާފައި،" މަސީހު ވިދާޅުވި އެވެ.
އިދިކޮޅު ބައެއް މެމްބަރުންގެ ނެންގި ނިޒާމީ މައްސަލައާ ގުޅިގެން މަސީހު ވިދާޅުވީ ގާސިމް ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުން މަޖިލިހުގެ ގަވައިދުގައިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރިޔާސަތުން އަމަލުކޮށްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
ފުލުހުން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގާސިމް ހާޒިރު ނުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ފުލުހުން ނުބުނެ އެވެ.
އިމްތިޔާޒް ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ