ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބާމެދު ވިސްނާވަޑައިގަންނަވާނީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ހިދުމަތްތަކެއް ކޮށްދެއްވިޖެ ނަމަ ކަމަށާއި ފަސް އަހަރުގެ ތެރޭގައި ހިދުމަތުން ފެއިލްވެ ވަޑައިގެންފިނަމަ 2018 އިގެ ވާހަކަ ނުދައްކަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާ އަލަށް ގުޅޭ ފަންނާނުން ދައްކާލުމަށް މިރޭ ހެދި ގޮނޑުދޮށުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ޕީޕީއެމްގެ ތަސައްވުރު ދައްކައިދިނުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި މަޖިލިސް ޗުއްޓީ އަށް ދާއިރު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް (އެސްއީޒެޑް) ނުނިންމާ ޗުއްޓީ އަށް ވަޑައި ނުގަތުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ބަލައިގަންނަ ހިދުމަތްތަކެއް ފޯރުކޮށް ދެވިއްޖެ ނަމަ ކުރިޔަށް ގުނަ ކުރަން ހުރި ދުވަސްތައް ރައްޔިތުންނަށް އުފާވެރި ކަމަށާއި މި ސަރުކާރުން ބޭނުންވަނީ އެފަދަ ބަލައިގަނެވޭ ހިދުމަތެއްކޮށްދޭން ކަމަށެވެ.
ބައެއް މަޝްރޫއުތަކަށް އިޝާރާތް ކުރައްވާ އެފަދަ މަޝްރޫއުތަކަށް މަޖިލީހުން ކަންކަން ފަހި ކޮށްދިނުމަކީ ރައްޔިތުންނައްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި އެފަދަ ކަންކަމަށް މެންބަރުން ހުރަސް ނޭޅުމަށް ވެސް ރައީސް ވަނީ އެދި ވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެއްވޭ ކަމަށްވާނަމަ "ފަހަކުން ފަހަކުން ގުނަކުރަމުން ގެންދެން" ބޭނުންފުޅު ނުވާ ކަމަށެވެ
"އެއީ އަޅުގަނޑުގެ ސްޓައިލެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި ރައީސް ޔާމީން މިރޭ ވިދާޅުވީ ރައީސް މައުމޫން ހުންނެވުމުން އެމަނިކުފާނުގެ ސިޔާސީ އޮޑި، ފަރަށް ނާރާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ވޯޓް ދިނީ ސިޔާސީ އެ ތަޖުރިބާކާރު ހުންނެވުމުން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރު ހަމަމަގުން ނައްޓާލައިގެން ދާކަމަށްވާނަމަ ޕީޕީއެމާއި ރައްޔިތުންގެ މަޖިލީހުންނާއި އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށެވެ.
ހިދުމަތުން ފެއިލްވެއްޖެނަމަ 2018 ގެ ވާހަކަ ނުދައްކާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ