ނިއު ދިއްލީ، (ސެޕްޓެންބަރު 11. 2014) -- މާދަމާއިން ފެށިގެން އިންޑިއާގެ ކެރެލާގައި ބަނގުރާ ބޭނުން ކުރުމާއި ވިއްކުން މަނާ ކުރަން ކެރެލާ ސަރުކާރުން ނިންމާފައި ވަނިކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނަނީ ކެރެލާ ސަރުކާރުން އެކަން އެގޮތަށް ކުރުމުން އިންޑިއާއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަދު ވެގެން ދާނެ ކަމަށެވެ. އަދި ބާ ތަކުގެ ވެރިން ކޯޓަށް ވައްދާފަައިވާ މައްސަލަ ތަކާއި ގުޅިގެން މި މަހުގެ ނިޔަލަށް އެ ފިޔަވަޅު ނޭޅުމަށް ކެރެލާ ސަރުކާރުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ކެރެލާއަކީ އެ އަވަށުގެ ކޯރުތަކާއި އައްސޭރިތަކުގެ އިތުރުން ސައިފަތް ދަނޑުތަކުގެ މުއްސަނދި ކަމުގެ ސަބަބުން ޓޫރިސްޓުން ހިތްކިޔާ ފަދަ މަންޒިލަކަށް ވެފައިވާ ކަމަށެވެ. އެހެން ކަމުން މިފަދަ ފިޔަވަޅެއް ވެގެން ދާނީ ޓޫރިޒަމް އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ކެރެލާ ސަރުކާރުން މި ގޮަތށް ނިންމާފައިވާއިރު އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ރާ ބޭނުން ކުރާ ސްޓޭޓަކީ ކެރެލާއެވެ. އެގޮތުން އަހަރަކު ބޮލަކަށް އަށް ލީޓަރުގެ ރާ އެ ސްޓޭޓްގައި ބޭނުން ކުރެއެވެ. އަދި ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ރަލުގެ ވިޔަފާރި ހިއްސާ ކުރެއެވެ.
އިންޑިއާގެ ޑޮކްޓަރުންނާއި އެކްޓިވިސްޓުން ބުނާ ގޮތުގައި ގިނަ މަގުމަތީގެ އެކްސިޑެންޓް ތަކާއި ގިނަ ކައިވެނިތައް ރޫޅުމުގެ އަސްލަކީ ވެސް ބަނގުރަލެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރު ތަކުގައި ބަނގުރަލާއި ގުޅުން ހުރި އެތައް ބަލިތަކަށް ފަރުވާ ދެވެމުންދާ ކަމަށްވެސް އެ ފަރާތް ތަކުން ބުނެއެވެ -- އޭއެފްޕީ
ކެރެލާގައި ބަނގުރާ މަނާ ކުރުން ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ