ފުލުހުންގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް ދޯންޏެއް ހޯދަނީ
ފުލުހުންގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް ދޯންޏެއް ހޯދަން ފަަށަައިފިއެވެ.މަތިގައިވާ ފޮޓޯއިން ފެންނަ، ރަޖިސްޓްރީ ނަންބަރު P9543A-01 07-A، “ފުލުސް އޮފީހުން ވިދާޅުވީ ސާހިބާ” ނަމަކަށް ކިޔާ ދޯންޏަކީ، ފުލުހުންގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް ހޯދަމުންދާ ދޯންޏެއް ކަމަށެވެ.ދިގުމިނުގައި ގާތްގަނޑަކަށް 85 ފޫޓު ހުންނަ މިދޯނި އެންމެ ފަހުން ފުލުހުންނަށް ފެނުނު އިރު ދޯނީގައި ހުރީ ނޫކުލަ އާއި ހުދު ކުލައިގެ ދަވާދު ލާފައި ކަމަށާއި ދޯނީގެ މަތީގައި ގެގަނޑެއް ހަދާފައި ހުންނަ މިދޯންޏަކީ ކަންނެލި މަސްވެރިކަން ކޮށް އުޅުމަށް ބޭނުންކުރާ ގޮތަށް ބަނދެފައިވާ ދޯންޏެއް ކަމަށްް ފުލުުހުން މަޢުލޫމާތު ދީފައިވެއެވެ.އެހެންކަމުން ފޮޓޯއިން ފެންނަ ދޯންޏާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792265 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްްތިމާސް ކޮށްްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ