ހަސަން ޝިޔާމްގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވަން ހަސަން ޝިޔާމް ހުށަހެޅުއްވި ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ސްޕްރީމްކޯޓުން ބާތިލުކޮށްފިއެވެ. ސްޕްރީމްކޯޓުން އެޙުކުމް ބާޠިލްކުރީ މިއަދުއެވެ. އިލެކްޝަންސް ކޮމިޝަނުން ހަސަން ޝިޔާމްގެ ފޯމް ބަލައިނުގަތީ ސާބިތު ދަރަންޏެއް އޮތުމުންނެވެ. ރައްޔިތުން މަޖީލީހުގެ މެމްބަރުކަމުގެ ޝަރުތު ފުރިހަމަނުވާ މީހުންގެ ތެރޭގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާމީހުންނާއި ޖިނާޢީ ކުށެއްސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތުގެ ޙުކުމެއްދަންފީޛު ކުރަމުންދިއުމާއި އެފަދަ ޙުކުމެއް ކޮށްފައިވާނަމަ ނުވަތަ މަޢާފްދީފައިވާނަމަ އެ ޙުކުމެއް ތަންފީޖުކޮށްނިމިފައިވާތާ ނުވަތަ މާފްދީފައިވާތާ 3 އަހަރުވުމާއި ފަނޑިޔާރަކަށްވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ