ބޮލީވިއާގެ މައްޗަށް ކުރި ހޯދާ ބްރެޒިލްގެ ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިއަށްދާ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބޮލީވިއާ ބަލިކޮށް ބްރެޒިލް ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.ބޮލީވިއާގެ މައްޗަށް ކުރި ބްރެޒިލް ޓީމް ކުރި ހޯދީ 3-0ގެ ނަތީޖާއިންނެވެ. އަމިއްލަ ޤައުމުގައި ކުޅުނު މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ބްރެޒިލްއެވެ.މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އޭގެ ތެރޭގައި ތިއާގޯ ސިލްވާ، ރޮބާޓޯ ފިރްމީނޯ، އަދި ފިލިޕޭ ކުޓީނިއޯ ރަނުގެ ފުރުޞަތުތައް ލިބުނު ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް އެއްވަރުވެގެންނެވެ.ދެވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވެ ބްރެޒިލް ޓީމުން ވަނީ އެޓީމް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެން ބްރެޒިލް އަށް ލީޑް ހޯދައިދިނީ ކުޓީނިއެވެ. އަދި އޭގެ ތިން މިނެޓް ފަހުން ކުޓީނިއޯ ވަނީ އިތުރު ލަނޑަކާއެކު ލީޑް ފުޅާކޮށްދީފައެވެ.މ ިނަތީޖާގައި އޮވެގެން މެޗް ނިމެން ކައިރިވެފައި ވަނިކޮށް ލީޑް އިތުރަށް ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެވަޓަންއެވެ.މުބާރާތުގައި އަންގާރަ ދުވަހު ވެނެޒުއޭލާއާ ދެކޮޅަށް ބްރެޒިލް ނުކުންނަން ޖެހޭއިރު ހަމަ އެދުވަހު ބޮލީވިއާ ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ