ޔާމީން ދޫކޮށްލަން ގާސިމް ގޮވާލައްވައިފި

މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.
ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ވާނުވާ ޖަހާފައި ޖަލުގައި ބޭންދެވުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެހެންވެ ޝަރީއަތް ނިމެންދެން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ޔާމީން ދޫކޮށްލަން ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ