ޓްރެވެލް ވެކްސިން ، ހަ ހާހަށްވުރެ ގިނަ މީހުންނަށް 2018 ގައި ޖަހާފައިވޭ – ދަމަނަވެށި

މިދިޔަ އަހަރު ، 2018ގައި އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދިއުމަށް މުޅިއެކު 6539 މީހަކު ވެކްސިން ޖަހާފައިވާކަމަށް މާލޭގެ ދަމަނަވެށިން ހާމަކޮށްފިއެވެ.
ދަމަނަވެށިން ހާމަކުރާގޮތުގައި މިއީ އެވްރެޖްކޮށް ބަލާއިރު މަހަކު 545 މީހުންނެވެ.ޓްރެވަލް ވެކްސިންޖެހި މީހުންގެ ޢަދަދު އެންމެ ގިނަ ކަމަށް ފާހަގަކުރެވިފައިވަނީ 2018 ވަނަ އަހަރުގެ އެޕްރީލްމަހުގައެވެ. މިމަހު 1271 މީހުންނަށް ވެކްސިން ޖަހައިފައިވެއެވެ.
މި އަހަރުތެރޭ އެންމެ މަދުން މީހުން ވެކްސިން ޖެހިކަމަށް ރިކޯޑްކުރެވިފައިވަނީ ޑިސެމްބަރު މަހު 89 މީހުންނެވެ.
2017 އަދި 2018 ވަނަ އަހަރުތެރޭ ދުނިޔޭގެ ބައެއް ގައުމުތަކަށް ދިމާވި ކޮލެރާ އައުޓްބްރޭކާއި ގުޅިގެން ވެކްސިން ޝޯޓޭޖް ދިމާވުމުގެ ސަބަބުން 2017 މާރޗް މަހުން ފެށިގެން ދިވެހިރާއްޖެއަށް ކޮލެރާ ވެކްސިން ލިބިފައި ނުވާކަން ވެސް ދަމަނަވެށިން ހާމަކޮށްފައިވެއެވެ.
ޓެރެވެލް ވެކިސްންގެ ތެރޭގައި މެނިންޖައިޓިސް،ޕޯލިއޯ،އިންފުލުއެންޒާ އަދި ޔެލޯފީވަރ އަށް ޖަހާ ވެކްސިންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ