ޖީއެމްއާރުގެ މައްސަލާގައި ދުލެއް ނުދެން، ނުވެސް ދޭނަން - ގާސިމް

ޖީއެމްއާރުގެ މައްސަލައިގައި ކުރީގެ އިދިކޮޅު ހަތަރު ސިޔާސީ ޕާޓީއަކުން ނިންމާފަވާ ނިންމުމާއި އެއްގޮތަށް އަމަލުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފަވާ އެއްވެސް ނިންމުމަކަށް ބަދަލު އައިސްފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި ޚިލާފަށް ކެނެރީގެ މުޙައްމަދު ނަޝީދުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ޕީޕަލްސް އެލަޔަންސްގެ އޭރުގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމާއި، ދިވެހި ޤައުމީ ޕާޓީގެ ރައީސް ޑރ.ޙަސަން ސައީދު އެކުލަވާލެއްވި އެއްބަސްވުން އަދިވެސް ދެމިއެބައޮތް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވި ސިޔާސީ ލީޑަރުންނަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ލިބުމާއި ގުޅިގެން ޖީއެމްއާރަށް ދޫތަކެއްދީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމުގައި އިޚްލާސްތެރިކަން ދެއްކިފަ ނުވާ ކަމަށް ބައެެއް މީޑިޔާ ތަކުން ބުނަމުން ގެންދާތީ އެފަދަ ބުނުންތަކަށް ވެސް ޤާސިމް އިބްރާހިމް ވަނީ މިއަދު ރައްދުދެއްވާފައެވެ.
ޤާސިމް ވިދާޅުވީ ޖީއެމްއާރާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވެފައިވާ އެއްބަސްވުމާއި އެއްްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ އެންމެ ބޮޑަށް ފާޑު ކިޔުންތައް އަމާޒު ވަނީ އެމަނިކުފާނަށް ކަމަށާއި އެހެންނަަމަވެސް ޖީއެމްއާރުގެ މައްސަލައިގައި އެމަނިކުފާނު އެންމެ ފުރަތަމަ ދުވަހުވެސް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެންނަ ކަމަށެވެ. ދެންވެސް އެނިންމުމަށް ބަދަލު ނުގެންނާނެ ކަމުގެ ޔަޤީންކަން ޤާސިމް ވަނީ ދެއްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޖީއެމްއާރަށް އެއަރޕޯޓް ދީފައިވަނީ ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ކަމަށާއި އެނިންމުމާއި ގުޅިގެން ދިވެހި ޤައުމުގެ މުހިއްމު އެތައް ސިއްރެއް ބޭރުގެ ބަޔަކަށް ލިބިގެން ގޮސްފަވާ ކަމަށެވެ.
ޖީއެމްއާރަށް އެެއަރޕޯޓް ދިނުމުގައި ނަޝީދުގެ ސަރުކާރުން އަމަލުކުރި ގޮތަށް އެއްވެސް ސަރުކާރަކުން އަމަލުކުރާނަމަ އެކަމަކާއި ދެކޮޅަށް އަބަދުވެސް ތެދުވާނެ ކަން ހާމަކުރައްވަމުން ޤާސިމް ވިދާޅުވީ ކުރީގެ ސަރުކާރުން ޖީއެމްއާރަށް އެއަރޕޯޓަށް ދީފައިވަނީ މާބޮޑަށް ކަންކަން ދިރާސާ ކުރުމަށްފަހުގައި ނޫން ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވީ ޖީއެމްއާރުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އިޚްލާސްތެރިކަން ފެންނަމުން ނުދާ ކަމަށް ބުނެ ބައެއް މީޑީޔާ ތަކުން ދައްކާ ވާހަކަތަކަކީ ކަމުގެ ހަޤީގަތާއި ޚިލާފު ވާހކަތަކަކަށްވާތީ އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރާއްޖޭގެ މީޑިއާގައި ހުރި މައްސަލަތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކުރުމަށް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މީޑިއާގެ އެކިއެކި ފަރާތްތަކާއެކު މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އެކައުންސިލުން ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުންވެސް އެގޮތަށް ބޭނުންވެގެންނެވެ. މިއަދު ކުރިއަށްދިޔަ ބައްދަލުވުން ފެށުމުގެ ގޮތުން މީޑިއާ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މީޑިއާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެވޭނީ މުޅި މީޑިއާ އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމުގައެވެ. އެކައުންސިލްގެ މިދައުރުގެ މަސައްކަތް ފެށިގެން މިހިސާބަށް ދިޔައިރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރި ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް އިބްރާހީމް ޚަލީލް ވިދާޅުވީ އެކައުންސިލަށް ކަނޑައަޅާފައިވާ ހަތަރެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާގެ ބަޖެޓުން ފަނަރަ އިންސައްތަ ސަރުކާރުން އުނިކޮށްފައިވާއިރު، އޭގެތެރެއިން ބޮޑުބަޔަކީ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކަނޑައަޅާފައިވާ ބައިކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން އެޓީވީއަށް ދިމާވެފައިވާ ކަމަށްބުނާ މައްސަލަތައް ފެންމަތިކޮށް މުޅި ބައްދަލުވުން އެކަމުގެ މައްޗަށް އެނބުރިގެން ދިއުމުން، ބައެއް އެހެން ބައިވެރިން ވަނީ ބައްދަލުވުމަކީ މުޅި މީޑިއާއަށް އަމާޒުވާ ބައްދަލުވުމެއްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ އަޚުލާގާއި، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްދަލުވުމުގެ ބައެއް ބައިވެރިން ވާހަކަ ދެއްކިއެވެ.
މީޑިއާކައުންސިލަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހު އުފެދުނު ޤާނޫނަކުން އުފެއްދިފައިވާ ކައުންސިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ