ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓު ދައްކަން ހައިކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.
ހައިކޯޓްގެ އަމުރުގައި ޖުމްހޫރީ ޕާޓީން ބޭނުންވާ ވޯޓް ލީ މީހުންގެ ލިސްޓު އެހެން ކެންޑިޑޭޓުންނަށް ދެއްކުމަށް ވެސް އަމުރުކޮށްފައި ވެއެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އިންތިހާބުގެ އެންމެހައި ކަންކަން ހިނގާފައިވަނީ އަދި ހިނގަމުންދަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކުކަން ކަށަވަރު ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
އަދި އިންތިހާބުގެ އެންމެހާ ކަންތައްތައް ހިނގަމުންދަނީ އަދި ހިނގާނީ ވެސް އެފަދައިން ކަން ކަށަވަރުކޮށް ދިނުމަކީ އިލެކްޝަނުގެ މައްޗަށް ގާނޫނު އަސާސީންނައި ގާނޫނުތަކުން މަތިކޮށްފައިވާ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ލިސްޓު ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އިއުތިރާޒް ނުކުރުމާ ކަމަށް ޝަރީއަތުގައި ބުނެފައިވާކަމަށާއި އެހެން ކަމުން ޖުމްހޫރީ ޕާޓީން އުފައްދާފައިވާ ޝައްކުތައް ފިލައިގެންދާ ގޮތަކަށް އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މައްސަލަ ބެލި 3 ފަނޑިޔާރުންގެ އިއްތިފާގުން އަންގާ ހުކުމްކުރާ ކަމަށް ވެސް މިހުކުމުގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށްބުނެ ޖުމްހޫރީ ޕާޓިން ވަނީ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ސުޕުރީމް ކޯޓަށް ހުށައަޅާފަ އެވެ.
ވޯޓުލީ މީހުންގެ ލިސްޓު ދައްކަން ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ