ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް، އަލުން އެ އިންތިހާބު ބޭއްވުމަށް ސްޕްރީމް ކޯޓުން އަމުރެއް ނެރެދިނުމަށް ޖުމްހޫރީ ޕާޓީން އެދުނު މައްސަލައިގެ ތެރެއަށް އެމްޑީޕީން ތަދައްޙުލުވެއްޖެ އެވެ.
އެމްޑީޕީން ބުނީ ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް އެމްޑީޕީއިން ތަދައްޚުލުވީ އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ޕާޓީއަށް ވާއިރު މިފަދަ މައްސަލައެއްގައި އެތައް ދިވެހި ރައްޔިތެއްގެ މަސްލަހަތު ހިމެނޭ އިރު އެމްޑީޕީއިން އެމަސްލަހަތު ހިފަހައްޓައިދޭންޖެހޭތީ ކަމަށެވެ.
ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ޕާޓީއިން ހުށަހަޅާ މައްސަލައިގައި ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހާޒިރުވުމަށާއި، ހުށަހަޅާ ލިޔުންތަކާއި، ހުށަހެޅޭ ލިޔުންތަކުގައި ސޮއިކުރުމަށް އަލްއުސްތާޛާ ހިސާން ހުސައިން ކަނޑައަޅައި އައްޔަނުކޮށްފައިވެއެވެ.
އަދި އެމްޑީޕީގެ ގާނޫނީވަކީލުންގެ ގޮތުގައި މިމައްސަލައިގައި ކޯޓަށް ހާޒިރުވެލައްވާނީ ޤާނޫނީ ވަކީލު އަޙްމަދު ޢަބްދުﷲ ޢަފީފް އާއި ގާނޫނީ ވަކީލު ހަސަން ލަތީފު އަދި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ.
ޖުމްޙޫރީ ޕާޓީން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެފައިވާއިރު މީގެ ކުރިން އެޕާޓީންވަނީ ހައިކޯޓުގައި ވޯޓުގެ ނަތީޖާ ސީޓް ތަކާއި، ވޯޓުގެ ރަޖިސްޓަރީ ލިސްޓުތައް ހޯދުމައްވެސް އެދިފައެވެ. އަދި އެމައްސަލައިގެ ޙުކުމް އިއްވުން މިއަދު އޮންނާނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މީގެކުރިން ވިދާޅުވީ އިންތިހާބުގައި މަކަރު ހެދުމާއި ގުޅިގެން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅިގެން ދިޔައީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ހުށަހެޅުނު އެންމެ ބޮޑު މައްސަލަ ކަމަށާއި މިމައްސަލަ ހުށަހެޅިއިރު ވަރަށް ގިނަ ކަންތައްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.
ޖުމްޙޫރީ ޕާޓީން ސްޕްރީމް ކޯޓުގައި އަލުން އިންތިހާބު ބާއްވަން އަމުރެއް ނެރެދިނުމައް އެދިފައިވާއިރު މިހާރު އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައިވާގޮތަށް ރިޔަސީ އިންތިޙާބުގެ ދެވަނަބުރު މިމަހުގެ 28ވަނަ ދުވަހު ބެއްވުމަށް ދަނީ ތައްޔާރީތައް ވަމުންނެވެ.
ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް އެމްޑީޕީން ތަދައްޙުލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ