ޖުމްހޫރީ 50އާއި ގުޅިގެން ނެރުނު ފައިސާ ފޮތި ވިއްކަން ފަށައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް މޯލްޑިވަސް މަނިޓަރީ އޮތީރިޓީން ނެރުނު "ހަނދާނީ ފައިސާ" ވިއްކަން ފަށައިފިއެވެ.އެމްއެމްއޭ އިން ބުނީ، އެ ފައިސާފޮތި މިއަދުން ފެށިގެން އެމްއެމްއޭ އިން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. މި ފައިސާފޮތީގެ އަގަކީ -/1500 ރުފިޔާއެވެ. އަދި އެ ފައިސާ ފޮތީގެ މޫނުމަތީ އަގަކީ 150 ރުފިޔާއެވެ.އެ ފައިސާ ފޮތި ނެރެފައި ވަނީ މިނިވަން ދުވަހާއި ގުޅުވައިގެން 26 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންއެވެ. އެމަނިކުފާނާ ފައިސާފޮތި ހަވާލުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ.އެމްއެމްއޭ އިން ބުނީ، އެ ފައިސާ ފޮތީގައި 950 އައުންސްގެ ރިހި ހިމެނޭ ކަމަށެވެ. އަދި އެ ފައިސާ ފޮއްޗަކީ ކޮލިޓީ ޕްރޫފް ފައިސާ ފޮއްޗެއް ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި އޭގައި ރަން ޕްލޭޓެއް ވެސް ހިމެނޭ ކަމަށްވެސް ބުންޏެވެ.އެ ފައިސާ ފޮތީގެ ބަރުދަނުގައި 28.28 ގްރާމް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ