ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ގެ ފަރާތުން ކޯޓަށް ހުށަހަޅައިފިއެވެ.
މެންބަރު އަޙްމަދު ޢީސަގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ)ގެ 2ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލަ ހުށަހެޅުއްވީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމެވެ.
މެންބަރު ޢީސަގެ މައްޗަށް އުފުލާފައިވާ މި ދަޢުވާގެ ކުށަކީ ޖުނަޙްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އެއްމެ ބޮޑު އަދަބަކީ، 6 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާގެ ޢަދަބު ކަނޑައަޅާނަަމަ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
މިދައުވާ ސަބިތުވިނަމަވެސް އޭނާ ފުރުއްވަމުން ގެންދަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރެއްގެ މައްޗަށް އަހަރަކަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިނަމައެވެ.
މެމްބަރު އީސަގެ މައްޗަށް ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ