ރައީސްގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހް އަވަހާރަވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހު، ރޭގެ ވަގުތެއްގައި އަވަހާރަ ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 55 އަހަރުގެ އަހްމަދު އަވަހާރަވީ، ބޮޑު ބައްޔަކަށް ފަރުވާ ހޯއްދެއްވުމަށް ދުބާއީގައި ހުންނަވަނިކޮށެވެ.
ރައީސް ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން 4 ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އަދި އަހްމަދުއަކީ އޭގެ ތެރެއިން އެއް ބޭފުޅެވެ. އަދި އަހުމަދަކީ ރައީސްގެ ހަގަށް ތިއްބަވާ 8 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.
އަހްމަދު އަވަހާރަވި އިރު، އަހްމަދު ދިޔައީ ހާފިޒުކަން ކިޔަވަމުންނެވެ. އެހެން ނަމަވެސް، ބަލި ހާލުކޮޅު ހުންނެވި ގޮތުން، ކޯސް މެދުކަނޑާލަން ޖެހުނެވެ. އަހްމަދުގެ އިތުރުން އެ އާއިލާގައި ބާކި ތިބި 3 ލޯފަން ބޭފުޅުންނަކީ ހާފިޒުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ