ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރާ ބައިވެރިއަކާއެކު ދިރިއުޅެންކުރާ މަސައްކަތް ގާތީ ކާމިޔާބު ނުވުމެވެ! ބުއްދިވެރީ އަވަހަށް ސަލާމަތްވުމެވެ!

މީސްތަކުންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންނަށް އެއްވެސް ކުށެއްކުރެވޭކަން ޤަބޫލުކުރެވޭބައެއް ނޫނެވެ! އެހެން އެންމެންނަށް އޭނާއަށް ކުރެވުނު ނަމަވެސް އެފަދަ މީހަކަށް އޭނާގެ ކުށް ނުފެންނާނެވެ! 
ޖިންނި އަވަލާ ޟީޙުންނަށް ޢާންމުގޮތެއްގައި އެފަދަ ޙާލަތުކުރިމަތިވެއެވެ. ނަމަވެސް އެއީ ޖިންނީގެ ކިބައިން އެނާ ސަލާމަތްވަންދެންނެވެ. ޖިންނީގެ ބާރުން ނެއްޓެވުމާއިއެކު އޭނާއަށް ކުރެވޭ ކުށްތައް ޤަބޫލުކުރެވެންފަށާނެއެވެ. 
މިއާއި ޚިލާފަށް މެދުވެރިވާ ބައަކީ އިބިލީހުގެ އަވާގައި ޖެހިފިތިފައި ތިބޭ މީހުންނެވެ. އިބިލީހުގެ މަޅީގައި ޖެހި ފިތި ބާރުވެފައި ތިބޭ މީހުންނެވެ. އެފަދަ މީހަކަށް އެމީހާއަށް ކުރެވޭ އެއްވެސް ކުށެއް އިޙްޞާޞް ނުކުރެވޭނެއެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނު ނަމަވެސް އެކަން ބަލައިގަންނަން ބޭނުމެއް ނުވާނެއެވެ! އެއީ އޭނާގެ ކިބުރުވެރިކަމާ ބޮޑާކަންބޮޑުކަމުން އިބިލީހާއި އެއްހަމައެއްގައި ހުރެވޭތީއެވެ! 
އާދަމަގެފާނާއި ޢާދަމްގެފާނަށް ކުރެއްވެވުނު ކުށާއި ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ތައުބާވެވަޑައިގެން ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންނެވި ކަމުގެ ވާހަކަ ކީރިތި ޤްރުއާނުގެ ކިތައް ތަނުގައި ބަޔާން ކުރައްވަވާފައިވާކަން އެނގޭ ހެއްޔެވެ؟ ކީރިތި ޤްރައާން ބަލައި ދިރާސާކުރާށެވެ! ތަފާތު 10 ތަނަކުން ފެންނާނެއެވެ. މިހައި ގިނަ ތަންތަނުގައި އެވާހަކަތައް ބަޔާން ކުރއްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަށް (ފާފައެއް ކުރެވުމުން އަވަހަށް ތައުބާވުމަށް) ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު ހަމަ ބޮޑުކަމުންނެވެ. 
އިބިލީހުގެ ފަރާތަށް ވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ސަޖިދަކުރަން އެންގެވުމުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމަކީ ކުށެއްކަން އެނގުމުން އޭނާ ބޭނުންވީ ތައުބާވުމަކަށް ނޫނެވެ. އޭނާގެ ބަހަކީ "އާދަމްގެ ދަރިފަސްކޮޅު އެކުގައި ގޮވައިގެން ނަރަކައަށް ދާނެ" ކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމާއި އިބިލީހާއިއެކު ނަރަކައަށް ގެންދެވޭނީ ﷲ ތަޢާލާއަށް އުރެދުނު ބައަކުކަމުގައި ވަޙީ ކުރެއްވެވީ ﷲ ތަޢާލާއެވެ. އެހެންކަމުން ކުށެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާ މީހުން ވެގެންދާނީ އާދަމގެފާނު އަމަލުކުރެއްވެވި ގޮތަށް އަމަލުކުރާ މީހުންގެ ތެރެއިންނެވެ. ތައުބާނުވެ ލަސްކޮށް ފާފަކުރުންމަތީގައި ދެމިހުންނަނަމަ އެމީހަކު އެހެރީ އިބިލީހުގެ މަގުގައި އިބިލީހާއިއެކުގައެވެ. 
ވިސްނާށެވެ! މިއީ ފާއެއް ކުރެވުމުން ވަގުތުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢަލާއަށް ދަންނަވާ މީހާ އާއި ތައުބާ ނުވެ ފާފަކުރުނަމަތީގައި ދެމިހުންނަ މީހާ އާއި ދެމީހުންގެ ހުރި ތަފާތެވެ. ވީމާ ތައުބާ ނުވެ ހުރުމުގެ ނުބައިކަން ބޮޑުކަން މިވަރުންވެސް އެނގިގެންދެއެވެ. 
ފާފަ ނުކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމާއި އެންމެ ހެޔޮކަން ބޮޑު މީހަކީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ފާފަކުރެވި ތައުބާ ނުވެ ހުންނަްނަމަ އެމީހަކާއި ﷲ ތަޢަލާ އާއި ދެމެދު ދާނީ ދުރުކަން އުފެދެމުންނެވެ. އާޚިރު ނަތީޖާއަކަށްވާނީ ދެމެދުގައި އުސް ފާރެއް ލެވުމެވެ. އަވަސް އަވަހަށް ތައުބާވާން ޖެހެނީ އެކަމުން ސަލާމަތްވުމަށެވެ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަން ވުމަށެވެ. ޒައްރެއްގެ މިންވަރުންވެސް ދުރުނުވާނެ ގޮތަށް ކަންތައްތައް ކުރުމަށެވެ. 
އެމީހާއަށް ކުރެވޭ ކުށް ޤަބޫލުނުކުރާނަމަ އެވަދެވެނީ ސީދާ އިބިލީސް ވަން ގޮޅިއަށެވެ. ކިބުރުވެރިކަމާ ބޮޑާކަމުން ހައްދުފަހަނައަޅައި ދިއުމުގެ ގޮޅިއަށެވެ. އިބިލީސް ދުށީ އޭނާގެ ކުށް ޤަބޫލުކޮށް ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމަކީ އެއެތީގެ ދަރަޖައަށް ލިބޭ އުނިކަމެއް ކަމަށެވެ. ހަޔާތުގެ ބައިވެރިންނަށް މިވަނީ ހަމައެފަދަ ގޮތެކެވެ! ކިތަންމެ ބޮޑު ކުށޭއް ކުރެވުނު ނަމަވެސް އެކަން ޤަބޫލުކޮށް މާފަށް އެދެން ބޭނުމެއް ނުވާނެއެވެ! އޭނާގެ ދަރަޖަ ބަންޑެލިތައް ވެއްޓިދާނެތީއެވެ. 
މީސްތަކުންނޭވެ! ބައިވެރިޔާގެ ކިބައިގައި ހުންނަ އުނިސިފަތައް ފާހަގަކޮށް އިޞްލާޙްކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. އިޞްލާޙް ވެވޭނީ ފުރަތަމަ ކަމަކަށް ކުރެވޭ ކުށް ޤަބޫލުކޮށްގެންނެވެ. ކުށް ޤަބޫލުނުކުރެވޭނަމަ އެހުރެވެނީ އިބިލީހުގެ މަޤާމުގައެވެ. ގާތީ އިޞްލާޙްވާން ބޭނުން ނުވުމެވެ. ވީމާ އަހުރެންގެ ތަޖުރިބާއަށް ބަލައި ކުށް ޤަބޫލުނުކުރެވޭ މީހަކާއިއެކު ޙަޔާތުގެ ދުވަސްތައް ބޭކާރުކުރާކަށް ހަމަޤައިމުވެސް އަހުރެން ބުރައެއް ނުވާނަމެވެ! އެކަން ވުމަށްވުރެ ގާތީ ނުވުންކަމުގައިވާތީއެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ