ވޯލްޑް ޓްރެވަލް އެވޯޑް | މި ސަރަހައްދުގެ މުހިންމު އެވޯޑުތައް ރާއްޖެއަށް

މި އެވޯޑަކީ 31 އަހަރުގެ ދިގު ތާރީއެއް އޮތް އެވޯޑެވެ. މީގެ ކުރިން އެތައް ފަހަރަކު މި އެވޯޑު ރާއްޖެއަށް ލިބިފައިވެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އިން މި އިންޑިއާ ކަނޑުގައި ހިމެނޭ މަންޒިލްތަކަށް ދޭ "އިންޑިއަން އޯޝަންސް ކެޓަގަރީ" ގެ ހުރިހާ މުހިންމު އެވޯޑެއް ރާއްޖޭން ހޯދައިފި އެވެ. 
ދުބާއީގައި މިއަދު ފެށި ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރާއްޖެއަށް ހަތަރު އެވޯޑެއް ލިބިފައިވެ އެވެ. މި އެވޯޑުތަކާ ހަވާލުވެލެއްވީ އޭޓީއެމް ފެއާގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިއެއްގެ ގޮތުގައި ދުބާއީއަށް ވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރެއިން މުހައްމަދު އަލީ ޖަނާހުގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީިގު އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލް އެވެ. 
ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުގައި އުފެދިގެން އައި އެވޯޑެކެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގު ވަޒަންކުރުމެވެ. މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދެއެވެ.
މި އެވޯޑަށް އިންޑިއަން އޯޝަން ގެޓަގަރީ އިތުރު ކުރި 2003 ވަނަ އަހަރު އެވެ. މީގެ ކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން ހަ ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ ނުވަ ފަހަރު ކާމިޔާބު ކޮށްފަވެ އެވެ.މި އަހަރު ފާހަގަކޮށްލެވޭ ކަމަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024، މި އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވުމެވެ.މި ކާމިޔާބީތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ މި ދާއިރާއިން ކުރިއަރަމުންދާ މަންޒިލެއްގެ ގޮތުގައި ތަސައްވުރު ވެގެންދާނެއެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ