އައިފޯން 12 ގެންގުޅޭ ކަސްޓަމަރުންނަށް 5ޖީ ލިބޭގޮތް އުރީދޫއިން ހަދައިފި

އައިފޯން 12 ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކުގައި 5ޖީ ލިބޭގޮތް ހަދައިފިއެވެ.
އުރީދޫން ބުނީ މި ހިދުމަތް ލިބޭނީ އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއާއަކަށް އަޕްގްރޭޑް ކުރުމުން ކަމަށެވެ. އަދި މި ހިދުމަތް އެ ކުންފުނީގެ ޕޯސްޓްޕެއިޑްއަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ގިނަވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ.
ފައިވްޖީ ޓެކްނޮލޮޖީ އާއެކު އިންޓަނެޓް ސްޕީޑު ހަލުއިވުމުގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. އަދިއޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށް، ސްޓްރީމް ކުރަން ނަގާ ވަގުތު ކުޑަ ކޮށްދޭނެއެވެ.
އައިފޯން 12ގެ އިތުރުން ވާވޭ ޕީ40 ޕްރޯ އާއި ސެމްސަން ގެލެކްސީ ނޯޓް 20، ނޯޓް 20 އަލްޓްރާ އާއި ސެމްސަން ގެލެކްސީ އެސް 21، އެސް 21 ޕްލަސް، އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް 5ޖީ މިހާރު ލިބޭނެއެވެ.
އައިފޯން 12 ގަންގަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ގަނެލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ