ބ. ހިތާދޫގެ އާ އިންޖީނުގެ ހުޅުވައި، ކަރަންޓް ދޭންް ފަށައިފި

ބ.ހިތާދޫގައި މީގެ 28 އަހަރު ކުރިން ބޭނުންކުރަމުން އައި ބައު އިންޖީނުގެއިން ކަރަންޓް ދިނުން ހުއްޓާލައި، ސަރުކާރުން އެރަށުގައި ތަަރައްޤީކުރި ޒަމާނީ އައު އިންޖީނުގެއިން ކަރަންޓް ދޭންް ފަށައިފިއެވެ.ހިތާދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވުމާއެކު އެރަށު މީހުންގެ ދިރިއުޅޭ ސަރައްހައްދުގައި ހުރި 28 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު އިއްޔެ ވަނީ ނިއްވާލާފަ އެވެ. ހިތާދޫގައި ހަދާފައިވާ އައު އިންޖީނުގެއިން މިހާރު ކަރަންޓް ފޯރުކޮށްދެނީ އެރަށަަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ސަރުކާރުން އެރަށަށް ފޮނުވި 400 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް މެދުވެރިކޮށެވެ އިންޖީނުގެގައި، ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ޗިމްނީ، ވޯކް ޝޮޕް، ސްޓޯރޭޖް، ޕޭންޓްރީ އޮފީސް، ރިސެޕްޝަނާއި އެޑްމިން އޭރިއާއެއް ހިމެނޭނެކަމަށް ފެނަކައިން ބުނެއެވެ.މިއީ ފެނަކަ ކޯޕަރޭޝަނުން ގެނައި 45 ވަނަ ރީ ލޮކޭޝަންއެވެ. އަދި އެ ކޯޕަރޭޝަނުން އެޅި 17 ވަނަ އިންޖީނުގެއެވެ. ހިތާދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްސަން އަޙްމަދު ވިދާޅުވީ ކުރީގެ އިންޖީނުގެއިން އިވެމުން ދިޔަ އަޑު މިހާރު ކަނޑާލާފައިވާކަމަށެވެ. އަދި ބާ އިންޖީނުގެ ނިއްވާލުމަށްފަހު އާ އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދީފައިވަނީ ހޮނިހިރުދުވަހުގެ ހަވީރުކަމަށެވެ. އަހްސަން ވިދާޅުވީ ކުރީގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އޭގެ ދަށުން މި ވަގުތައް ބަދަލު ކުރާނީ މިހާރު ޙިދުމަތް ދެމުންދާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު އެކަނިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ