މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ގާސިމް ވެރިކަމަށް ވަޑައިނުގަންނަވާނެ: ސައުދު

މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލަށްލުމަކީ ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެއް ކަމަށް އިދިކޮޅު ކޯލިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މީހަކަށް އަނިޔާއެއް ދިނުމަށްޓަކައި ނުވަތަ މީހަކަށް ބަދަލު ހިފުމަށްޓަކައި ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ލިބިފައި ހުރި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ކަމަށެވެ.
ސައުދު ވިދާޅުވީ ގާސިމަށް ނިސްބަތްކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަން މިއަދު ލަދުގަންނަން ޖެހޭނެ ކަމަށާއި ގާސިމަކީ އަބްދުއްރަހީމަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ބަދުބަސް ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ޕާޓީއަށް ވަރަށް ގިނަ ކަންކަން ފަހިވާކަން ރައްޔިތުން މިއަދު ގަބޫލުކުރާތީ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ