ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން އައި ސަރުކާރުގެ ކެބިނެޓަށްވަނީ އޭގެ ހިޔަނި އެޅިފައި: އުމަރު

ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން ތިއްބެވި ސަރުކާރެއް. ނަމަވެސް މިއަދު މި ސަރުކާރުގެ ކެބިނެޓުން ފެނިގެންދަނީ ކޮރަޕްޝަނާ ނުހަނު ރައްޓެހި ވަޒީރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ޗެނެލް13 އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި އުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ކޮރަޕްޝަނާ ދެކޮޅަށް ނުހަނު ގިނަ ގުނަ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުގައިކަމަށެވެ. ނަމަވެސް އެކަމަނިކުފާނުގެ ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި ފެނިގެން ދިޔައީ އެމަނިކުފާނުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ކޮރަޕްޝަންގެ ހިޔަނި އެޅިފައި ތިއްބެވި ބޭފުޅުން ކަމަށް އުމަރު ވިދާޅުވިއެވެ.އެގޮތުން ރައީސް ޞޯލިހުގެ ކެބިނެޓްގައި ވެސް ގިނައިން ތިއްބެވީ ރިޝްވަތު ހިއްޕަވާ ބޭފުޅުންކަމަށް ވެސް އުމަރު ވިދާޅުވިއުމަރު އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވެގެން އެންމެ ފުރަތަމަވެސް ކުރެއްވި އެއް މަސައްކަތަކީ، މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެމީހެއްގެ މައްޗަށް ސަބިތުވެފައިވާ މީހާ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރުން ކަމަށެވެ. އެފަދަ ކަންތައްތަކުން މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ބައެއް ކަަމަށް ޤަބޫލު ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެއްވެސް ތާކުން ތާކު ނުޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.މިސަރުކާރު ޖަޖު ކުރަން އަދި މާ އަވަސް ކަމުގައި ވީ ނަމަވެސް ސަރުކާރު ތެރެއިން ފާހަގަކުރެވޭ އިތުރު ކަމެއްވެސް އެބައޮތް ކަމަށާ އެއީ މަތިބަރު ސަރުކާރެއް ރައީސް ޞޯލިހު އެކުލަވާލެއްވުން ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މަތިބަރު ސަރުކާރެއް އެކުލަވާލެއްވިއިރު އެ ބޭފުޅުންނަށް މުސާރަ ދެއްވޭނެ ގޮތަކާމެދުވެސް ވިސްނާލެއްވިނަމަ ވަރަށް ރަގަޅު ކަަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު އެމޭރުމުން ވާހަކަދައްކަވާފައިވާއިރު، ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަވެސް ދެއްވޭނެކަމުގެ އުއްމީދު ނެތް ކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ